އިސްރާއީލުން ހަމަލާދިން ސްކޫލެއް

10 ދުވަސްތެރޭ ޣައްޒާގެ 6 ސްކޫލަކަށް އިސްރާއީލުން ހަމަލާދީފި

އައިޝަތު ޝިއުރާ
17 Jul 2024
ދުނިޔެ

ފާއިތުވި 10 ދުވަސްތެރޭ އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާގައި އދން ހިންގާ 6 ސްކޫލަކަށް އަމާޒުކޮށް ހަމަލާދީފިއެވެ. 

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގައި އދން ހިންގާ ސްކޫލަކަށް ހަމަލާދީފައެވެ. މިސްކޫލަކީ އިސްރާއީލުން "ސޭފް ޒޯން" ގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި ސްކޫލެކެވެ. މިހަމަލާގައި މަދުވެގެން ފަލަސްތީނުގެ 42 މީހުންގެ ފުރާނަ ގެއްލިގެންގޮސްފައިވާއިރު އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ުނެއެވެ. 

މި ސްކޫލްތަކަކީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލްތަކެވެ. 

އދ ގެ ފަލަސްތީނުގެ ރެފިޔުޖީންނާ ބެހޭ އެޖެންސީން ބުނާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިސްރާއީލުން ހިންގަމުން ގެންދާ ޤަތުލުއާންމުގައި ޣައްޒާގައި ހުރި ސްކޫލްތަކުގެ ތެރެއިން 70 އިންސައްތަ ސްކޫލަށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. މީގެތެރެއިން 95 އިންސައްތަ ސްކޫލަކީ ބޯހިޔާވަހިކަން ހޯދުމަށް ބޭނުންކުރަމުންދިޔަ ތަންތަނެވެ. 

އިސްރާއީލުން ތަކުރާރުކޮށް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދެމުން އަންނާތީ ހަމާސްއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްރާއީލުން ބުނަމުން އަންނަނީ އެތަންތަނަށް ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިން އެތަންތަނުގައި ތިބޭތީކަމުގައެވެ. ނަމަވެސް މިއިން ކޮންމެ ހަމަލާއަކަށްފަހު ފުރާނަ ގެއްލިގެންދާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު