ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހު 15 ގައި

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ޓަކައި ތައްޔާރުވެއްޖެއެވެ.

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދުގައި މަޝްވަރާކުރުމަށް ޓަކައި ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވާން މިހާރުވެސް ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިރު، އިތުރު ޖަމްޢިއްޔާތަކަށް ވެސް ފުރުސަތުވަނީ ހުޅުވައިލެވިފައެވެ.

ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާ އެކު ވުޒާރާއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެ ގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްައިފައިވާ އިރު، ޙައްޖާއި ޢުމްރާއާ ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާ ގުޅޭ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު