ދިވެހިރާއްޖެއާއި ޔޫއެންއީޕީއާ ދެމެދު މޫސުމާބެހޭ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ މޫސުމާބެހޭ ވިއުގަ ތަރައްޤީކުރުމަށްޓަކައި، ދިވެހިރާއްޖެއާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އާ ދެމެދު މަޝްރޫޢު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހީމެވެ. މި މަޝްރޫޢަކީ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިންގ ފެސިލިޓީ (އެސްއޯއެފްއެފް) ގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) ގެ މޫސުމާބެހޭ ވިއުގަ ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑްކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، "މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މޫސުމާބެހޭ ދާއިރާއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް. މީގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ދިރާސާކޮށް، ރަނގަޅު ނިންމުންތައް ނިންމުމަށް މަގުފަހިވެގހިވެގެންދާނެ."

މި މަޝްރޫޢު ފެށުމާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު މޫސުމާބެހޭ މަރުކަޒުތައް ޤާއިމުކުރެވި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު އެއްކުރެވޭނެއެވެ. މީގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައްވެސް ހިންގޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު