5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ހަލުވިކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް އިތުރަށް ހަލުވިކުރުމާ ގުޅޭގޮތުން  ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. 

މިބައްދަލުވުމުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރަށު އަދި އަތޮޅު ކައުންސިލްތަކުގެ އެހީތެރިކަމާއެކު މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރެވުނެވެ.

ސްޓޭޓް މިނިސްޓަރ ނާއިފް ވިދާޅުވީ، "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. މި މަޝްރޫޢު ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވޭ."

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން މި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އަދި ރަށްރަށުގައި ގަސް އިންދުމަށް އެކަށީގެންވާ ސަރަހައްދުތައް ކަނޑައެޅުމުގައި ކައުންސިލްތަކުން އެހީތެރިވެދޭނެކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ކުރިއަށް އޮތް މަސްތަކުގައި ގަސް އިންދުމުގެ ޚާއްޞަ ކެމްޕޭނެއް ހިންގުމަށް ވަނީ އެއްބަސްވެވިފައެވެ. މީގެ އިތުރުން، ސްކޫލް ކުދިންނާއި ޒުވާނުން މި މަޝްރޫޢުގައި ބައިވެރިކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ރާވާ ހިންގުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ.މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު