މެލޭޝިޔާއާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އިން ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމް ހާސިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސަސް (އީ.އެމް.ޖީ.އެސް) އާއިއެކު ކުރެވުނު މަސައްކަތުން ގިނަ އަދަދެއްގެ ސްކޮލަރޝިޕްގެ ފުރުސަތު މިއެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގައި ބަޔާންކޮއްފައިވާ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.

މި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

ސްކޮލަރޝިޕް ފުރުޞަތުތަކުގެ އިތުރުން އެކަޑަމިކް ސްޓާފުން ބަދަލުކުރުމާއި، ޖޮއިންޓް ރިސަރޗް އާއި ޕަބްލިކޭޝަންތަކާއި، ކުރުމުއްދަތުގެ ޓްރެއިނިންގތަކާއި، އިދާރީ އަދި މެނޭޖްމެންޓް ޕްރޮގްރާމްތަކުގެ އިތުރުން މާސްޓަރސް އަދި ޕީއެޗްޑީ ހައްދަވާފައިވާ ނުވަތަ ހައްދަވަމުންދާ ބޭފުޅުންނަށް ފެލޯޝިޕްގެ ފުރުޞަތު ހޯދުމުގެ މަގު މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ 14 ކޮލެޖް/ޔުނިވަރސިޓީއެއްގައި މަތީ ތަޢުލީމް ހާސިލް ކުރުމަށް ތަފާތު ދާއިރާތަކުން 561 އަށްވުރެ ގިނަ ޕްރޮގްރާމުތަކުން %100-2 އާއި ދެމެދުގެ ޓިއުޝަންފީ އަށް ޑިސްކައުންޓް ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖޭގައި މަތީ ތައުލީމުގެ ފުރުޞަތުތައް އިތުރުކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްކަން ހާމަކުރައްވާފައެވެ. މިގޮތުން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެސެމްބްލީއެއްގަ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުވަނީ މުޅި ޤައުމުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރެއްވުމަށް ވަޢުދުވެވަޑައިގަންފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު