އެމްއެންޔޫގެ ފޮތް މައުރަޒު މާދަން ފަށަނީ

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވާ ފޮތް މަޢުރަޒު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޔޫ ސެންޓްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒު ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވާ ހޮނިހިރު ދުވަހާއި ހަމައަށެވެ. މިއިން ކޮންމެ ދުވަހެއްގެ ވެސް، ހަވީރު 16:00 ކުން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:00އަށް މައުރަޒު ކުރިއަށް ދާނެއެވެ. މީގެ އިތުރުން، މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް އެމްއެންޔޫ އިން ހަމަޖައްސާފައިވެއެވެ.

އެމްއެންޔޫ ފޮތް މައުރަޒުގެ މަޤްސަދަކީ ދިވެހި ލިޔުންތެރިންނަށް ހިއްވަރުދިނުމުގެ ގޮތުން، އާންމުންނާއި ހިސާބަށް އެބޭފުޅުންގެ ލިޔުންތެރިކަން ފޯރުކޮއްދިނުމާއި، ޝާއިއު ނުކުރެވި ހުރި ފޮތްތަތަށް އާންމުންނާއި ހިސާބަށް ގެނެސްދިނުމާއި، ދިވެހިންގެ ތެރޭގައި ފޮތްކިޔުމަށް އޮންނަ ލޯބި އިތުރުކުރުމާއެކު ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފޯރުކޮއްދިނުމެވެ.

މި މައުރަޒުގައި، ޖުމްލަ 25 ފަރާތަކުން ބައިވެރިވެލައްވާފައިވާއިރު، އެހެން ފަހަރުތަކާއި އެއްގޮތަށް، މިފަހަރު ވެސް މަރުކަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު