"ޓްރޯމާ އިން ޕޮލިސިންގ" ގެ ބައިވެރިން

"ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

އަލީ ޝާހީން
17 Jul 2024
ހަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށް "ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ހިންގައިފިއެވެ. 

"ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 15 އަދި 16 ވަނަ ދުވަހުއެވެ. މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމުއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްނަގައިގެން ކުރިއަށޤ ގެނދިޔަ ވޯކްޝޮޕްއެކެވެ. އަދި މި ވޯކްޝްޕަކީ އެމީހުން ކުރިމަތިލާންޖެހޭ ނާޒުކު އަދި ބިރުވެރި ހާދިސާތަކުން ލިބިދާނެ ނަފުސާނީ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މީގެ އިތުރުން، ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހިތްނުތަނަވަސް ވެދާނެފަދަ އަދި ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، އެކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެންގޮސްފައިވާ ވޯކްޝޮޕެކެވެ. 

އެގޮތުން، ޓްރޯމާ އަދި ސްޓްރެސް އަކީ ކޮބައިކަން، ފުލުހުންނަށް ދިމާވާ ޓްރޯމާ އަދި އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ކުރިމަތިވެދާނެ ކަންކަން، ޓްރޯމާގެ ސަބަބުން މީހާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށްކުރާ އަސަރުތަކާއި އެކަމުން އަރައިގަތުމަށް ނުވަތަ އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ޓްރޯމާއާ ކުރިމަތިލާނެ ހުނަރުތައް "ޓްރޯމާ އިން ޕޮލިސިންގ" ގެތެރެއިން ދަސްކޮށްދީފައިވެއެވެ.

ހަމައެއާއި އެކު އިސްލާމީ ނަޒަރަކުން، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި އީމާންތެރިކަމާއި ނަފުސާނީ ދުޅަހެޔޮކަމާ އޮންނަ ގުޅުމާ ބެހޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

މި ވޯކްޝޮޕުގައި މައުލޫމާތުދެއްވީ ސައިކޭޓްރިސްޓް ޑރ. މައުމޫން ޝަރީފް، އައްޝައިޚް އަހުމަދު ފަޙްމީ ދީދީ، ވިލާކޮލެޖްގެ ލެކްޗަރަރ އަދި ސައިކޮލޮޖިސްޓް އަޒްރާ އަބްދުލް ސައްތާރުގެ އިތުރުން އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓަރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު