އައިޔޫއެމްގެ އައިސީއައިއޭ ކޮންފެރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފިއި

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ އިންޓަރނޭޝަނަލް އިންޓެލެކްޓުއަލް އެޑްވާންސްމަންޓްސް (އައިސީއައިއޭ)ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކުވެސް އައިޔޫއެމްގައި ބާއްވާ މި ކޮންފެރެންސް މިއަހަރު ބޭއްވުމަސް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 28 އަދި 29 މި ދެދުވަހުއެވެ.

އައިޔޫއެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފެރެންސްގައި، ކީނޯޓް ސްޕީކާސްގެ ގޮތުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މަހިޑޯލް ޔުނިވާސިޓީގެ ޕްރޮފެސަރ ޕިލިޕް ހެލިންގަރ، ކެންވަސް ޑޮޓްގެ ފައުންޑަރ އެންޑް ޕްރިންސިޕަލް ކޮންސަލްޓަންޓް، ޓިޗައޯނަރ މެރެވާގެ އިތުރުން އަންކުކް ޔުނިވާސިޓީގެ ޑރ. މަސްޒްލީ މާލިކްއެވެ.

މި ކޮންފެރެންސްގައި، ޕްރޮފެސަރ ފިލިޕް ހަލިންގަރގެ ފަރާތުން، މަތީ ތަޢުލީމުގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މި މަސައްކަތްތަކުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރައްވާނެއެވެ. ޓިޗައޯނަރ މެރެވާގެ ފަރާތުން މަތީ ތަޢުލީމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާއި އޭއައިގެ ވަސީލަތްތަކާއި މުޤައްރަރުގައި މިފަދަ މާއްދާތަށް ހިމަނާއިރު، ސަމާލުކަން ދޭންޖެހޭކަންތައްތަކާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރައްވާނެއެވެ. އަދި ޑރ. މަސްޒްލީ މާލިކްގެ ފަރާތުން، އިސްލާމީ ނަޒަރަކުން ދެމެހެއްޓެނިވި ތަރައްޤީ ހޯދުމާއި، އާންމުކޮށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިސްލާމީ ނަޒަރަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ.

މި ކޮންފެރެންސްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 14 ސެޕްޓެމްބަރ 2024އެވެ.

ކޮންފެރެންސްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް، ގޫގަލް ފޯރމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީ ވެވޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު