ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް ރާއްޖޭގައި ބާއްވަނީ

އައިޝަތު ޝިއުރާ
13 Sep 2024
ހަބަރު

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް މިއަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ކޮންމެ އަހަރަކު ތަފާތު ޤައުމެއްގައި، ބާއްވަމުން އަންނަ އިނާމުދިނުމުގެ ޙަފްލާއެކެވެ. 2011 ގައި ޝަރިއާ އެޑްވައިޒަރީ ފާރމެއް ކަމަށްވާ އެޑްބިޒް ކޯޕަރޭޝަނުން އިސްނަގައިގެން ފެށި މި ހަރަކާތް އަމާޒުކުރެވިފައިވަނީ އެކި ގައުމުތަކުގައި އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވާ ބަވަނަކުރުމުގައި މަސައްކަތްކުރަމުން އަންނަ ޤައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންނަށެވެ. އެގޮތުން މި އަހަރު މި އެވޯރޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވިލާ ނޮޓިކާ ގައެވެ.

ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ އަދި ބޭރުގެ އިންވެސްޓަރުންނަށް މާރކެޓް ކުރުމުގެ އަގުހުރި ފުރުސަތަކަށް މި ޙަފްލާ ވުމުގެ އިތުރުން އެއްތަނަކުން މި ދާއިރާގެ އިލްމީ އަދި ޕްރޮފެޝަނަލް މާހިރުންނާއި އަދި އެހެނިހެން މަސްލަހަތުވެރިންނާއި ގުޅުންބަދަހިކޮށް މުހިއްމު މަޝްވަރާތަކާއި މަޢުލޫމާތު ބަދަލުކުރެވޭނެ މަންސައަކަށްވެގެން ދާނެއެވެ. މި ޙަފްލާގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަފްލާ ބާއްވާ ޤައުމު އިޚްތިޔާރުކުރެވެނީ އެޤައުމަކުން އިސްލާމިކް މާލީ ނިޒާމުގެ ހަރަކާތްތަކާއި ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތައް ވަޒަންކޮށް އެކަށޭނެ މިންވަރަކަށް އެގައުމަކުން ކުރިހޯދުމުންނެވެ. މިފަހަރު ދިވެހިރާއްޖޭގައި މި ޙަފްލާ ބޭއްވިގެން ދިޔުމަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތް ދުނިޔަވީ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު