މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރުގައި ފަށަނީ

އައިޝަތު ޝިއުރާ
13 Sep 2024
ހަބަރު

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށްޓަކައި، އެ މަސައްކަތް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ. އަދި މޭ މަހުގެ ތެރޭގައި މިނިސްޓްރީގެ އެ ޕްރޮޕޯސަލް އަށް ޖީޕީއީގެ އެޕްރޫވަލް ލިބި، އޮކްޓޫބަރުގެ ތެރޭގައި އެ ޕްރޮޖެކްޓް އިފުތިތާހުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް މުދައްރިސުންނަށް ދުޅަހެޔޮ، 'ވޯކްލޯޑް' ވަކި ހަމައެއްގައި ހިފެހެއްޓިފައި އޮތް ނިޒާމެއް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މީގެ ބޭނުމަކީ މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމާއި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު