ގަރުދިޔަ

ިދިވެހިންނަށް އެންމެ މީރީ ގަރުދިޔައާއި ބަތް

އަލީ ސައުދު
17 Jul 2024
ރިޕޯޓް

 އެންމެ މީރު ކެއުމަކީ ކޮބާތޯ އަހާލާފިނަމަ ގިނަ ދިވެހިންގެ ޖަވާބަކަށްވަނީ ހަމަ ގަރުދިޔައާއި ބަތެވެ. އެއީ ކުރީގެވެސް، މިހާރުގެވެސް ޖަވާބެވެ. ކާބަފައިންގެވެސް ޖަވާބެވެ. ދިވެހިންނަށް ދުވަހަކުވެސް ދޫކޮށް ނުލެވޭނެ ޖަވާބުވެސް މެއެވެ. ބައެއް މީހުން މީރުވެގެން ދޭ ޖަވާބެކެވެ. އަނެއްބަޔަކު ސާދާކަމާއި އާދައިގެ ދިރިއުޅުމަށް ލޯބިކުރާކަން ދެއްކުމަށް ދޭ ޖަވާބެކެވެ.

   ޙަރަދު ކުޑަކުރުމާއި އިސްރާފު ނުކުރުމުގެ ވާހަކައެވެ. ދިރިއުޅުމުގެ ބޭނުންތަށް ފުއްދުމުގައި ވިސްނުންތެރިކަމާއިއެކު ބޭނުންތަށް ބަހާލައިގެން އުޅެންޖެހިފައިވާ ވާހަކައެވެ. މަޖަލަކަށް ހަދައި ޖޯކް ޖަހަންޖެހޭ ވަރަށްވުރެން ސީރިޔަސް ވާހަކައެވެ. ވިސްނާލަމާ ހިނގާށެވެ. އަމިއްލަ ދިރިއުޅުމާއި މެދުގައެވެ. ލިބޭ މުސާރައާއި މެދުގައެވެ. ކުރަންޖެހިފައިވާ ނުވަތަ މިހާރުވެސް ކުރަމުންއަންނަ ޚަރަދުތަކާއި މެދުގައެވެ.

   ޚަރަދުތައް ބަހާލަމާ ހިނގާށެވެ. ލިބޭ މުސާރައިގެ އެއްބައި ގޭގެ ކުއްޔަށް ދައްކަންޖެހޭ ނޫންތޯއެވެ. ނަގާފައިވާ ސައިކަލުގެ ޕޭމަންޓް ކޮންމެ މަހަކު ދައްކަން ޖެހޭ ނޫންތޯއެވެ. ފޯންބިލާއި، ކަރަންޓްބިލް އަދި ފެންބިލާއި އިންޓަރނެޓް ފީ، އަދި ކޭބަލް ފީ އަކީ ކޮންމެ މަހަކު ދައްކަންޖެހޭ ބިލްތަކެވެ. ބޭންކުން ނަގާފައިވާ ލުއިލޯނުތަކާއި މައިކްރޯ ލޯންތައްވެސް އަދި އެބަހުއްޓެވެ. މަހުގެ 15 އަށް އަރާއިރު މުސާރަކޮޅު ހުސްވެއެވެ.

ގޫގަލް ފޮޓޯ

   މިކަމަށް ބޭނުންވަނީ ދާއިމީ ހައްލެކެވެ. ވިސްނުންތެރިކަމާއިއެކު ދިރިއުޅުމަށް ގެނެވޭ ބަދަލަކުން ހޯދިދާނެ ދައިމީ ހައްލެކެވެ. ފަހުގެ ޖަމާނީ އުފެއްދުންތަކަށް ކުރާ ޚަރަދު ކުޑަކޮއްލަންވީއެވެ، އައިފޯން 14 އަތުގައި އޮއްވާ 15 ނުގަންނަންވީއެވެ. 55 އިންޗި ޓީވީ 65 އިންޗިއަށް ބަދަލު ނުކޮށް މަޑުކޮއްލަންވީއެވެ. ދުންފަތުގެ އިސްތިޢުމާލް ކުރުމާއި ވޭފް ކުރުން އަދި އެނާރޖީ ބުއިންތަކާއި ކޮފީތަކަށް ކުރާ ޚަރަދު ހުއްޓާލަންވީއެވެ.

   ހަރުދަނާ ވާންވީ ތިމާއެވެ. ޚަރަދު ކުޑަކުރަންވީ ތިމާގެއެވެ. ލިބޭ އެއްޗެއް ބަހާލައިގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދަަންވީއެވެ. މުސްތަޤުބަލަށްޓަކައި ފަހަށް ރައްކާކުރަންވީއެވެ. އަމިއްލަ ދިރިއުޅުމުގެ ޒިންމާ އަމިއްލައަށް އުފުލަންވީއެވެ. އޭރުން ގަރުދިޔައާއި ބަތުގެ މީރުކަން އިޙްސާސްކުރެވޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު