ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ހުއްޓުވައިފި

އައިޝަތު ޝިއުރާ
13 Sep 2024
ހަބަރު

ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ފުލުހުން ހުއްޓުވައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ގުޅިގެންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި "ޓްރާންސްފަރ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކާ ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ހުއްޓުވައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނޯޓިސް ހަރުކޮށްފައިވެއެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދިޔަ ސޮވެނިޔަރ ވިޔަފާރި ކުރާތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ. ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރައަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން، އެ ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ އެހެން ބައެއް ތަންތަންވެސް ބަލައި ފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ބާރުއެޅުމާއި، ޤައުމުގެ އިޤްތިޞާދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު