ޕީއެސްއައިޕީ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
13 Sep 2024
ހަބަރު

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިން  މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ސައުދީ ފަންޑުގެ ދަށުން ކުރިއަށްދާ ބައެއް ޕްރޮޖެކްޓުތައް މި މަހުގެ ފަހުކޮޅު އެވޯޑްކުރެވިގެންދާނެ ކަމަށް މަޢުލޫމާތު ދެއްވާފައެވެ. އަދި ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫގެ އައިސްޕްލާންޓް ޕްރޮޖެކްޓް މިއަދު ކޮންޓްރެކްޓަރާ ޙަވާލުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާ މަސް ރައްކާކުރާ ކާރުޚާނާތަކާ ގުޅޭ މަޢުލޫމާތުވެސް ޙިއްސާކުރެއްވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި ޕްރޮޖެކްޓް އިވެލުއޭޝަންގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއާ ގުޅުންހުރި އިންޖިނިއަރެއް ނެތުމުވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މިއަހަރު ޕީއެސްއައިޕީގެ ތެރޭގައި ހިމެނިފައިވާ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް އެދިލައްވާފައެވެ. އަދި ޕްރޮޖެކްޓްތައް ހިންގުމަށް ކުރިމަތިވާ ދަތިތައް ޙިއްޞާކުރެއްވުމަށްވެސް އެދިލެއްވިއެވެ. މީގެ އިތުރުން، ޕްރޮޖެކްޓްތައް ހިންގުމަށް އެ ވުޒާރާޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެރުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު