ކަސްޓަމަރ ސާވިސް ދައްކުވައިދޭ ފޮޓޯއެއް

ކަސްޓަމަރ ސާވިސްގެ މުޙިއްމުކަން

އަލީ ސައުދު
17 Jul 2024
ރިޕޯޓް

މިލިމުގައި ކަސްޓަމަރ ސާވިސްއަކީ ކޮބައިކަމާއި އެކަން މުހިންމުވާ ސަބަބާއި، ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ކަސްޓަމަރ ސާވިސް މުހިންމުވަނީ ކީވެގެންކަން ކިޔައިދެވޭނެއެވެ.   

ކޮންމެ މީހަކަށްވެސް މި ހުނަރުތައް ދަސްކޮށް، ކަސްޓަމަރުންގެ އިޙްތިރާމް ދެމެހެއްޓުމުގެ އިތުރުން މުވައްޒަފުންނާއިއެކު ވަރުގަދަ ގުޅުންތަކެއް ޤާއިމް ކުރެވިދާނެއެވެ. މީގެތެރިއިން ބައެއް ހުނަރުތައް މިހާރުވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކަސްޓަމަރ ސާވިސްއަކީ ކޮބާ؟

ކަސްޓަމަރ ސާރވިސްއަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެހީތެރިކަމެކެވެ. އެމީހުން ތިބާގެ އުފެއްދުންތައް ނުވަތަ ޚިދުމަތްތައް ގަނެ ބޭނުންކުރުމުގެ ކުރިންނާއި ފަހުންވެސް ތިބާގެ އުފެއްދުންތަކާއިއެކު ފަސޭހަ، އުފާވެރި ތަޖުރިބާއެށް ހޯދުމަށް އެހީތެރިވެދޭ ސަޕޯޓެކެވެ. ކަސްޓަމަރ ސާރވިސްއަކީ ހަމައެކަނި ކަސްޓަމަރުންގެ މައްސަލަތައް ހައްލުކޮއްދިނުން ކަމުގައި ދެކެގެން ނުވާއެވެ.

ކަސްޓަމަރ ސާވިސް މުޙިއްމުވަނީ ކީއްވެ؟

ވިޔަފާރިއެއްގައި ކަސްޓަމަރ ސާވިސްގެ ވަރުގަދަ ހުނަރުތަކެއް ހުރުމުން ލިބިގެންދާ ފައިދާތައް ނުހަނު ގިނަވާނެއެވެ. ކަސްޓަމަރުންގެ މުޢާމަލާތްތަކުން އުފެދޭ ނުރަސްމީ ޚިޔާލްތަކަކީ ޕްރޮޑަކްޓް ޑިޒައިންކުރުމަށް ރަނގަޅު ވަސީލަތަކަށް ވެގެންދާނެއެވެ. އިތުރަށް މީހުންގެ އިޙްތިރާމް ލިބިގެންދާ، ތިމާ އަނެކާޔަށް އެހީތެރިވާ އުފާވެރި ގުޅުމެއް އުފެދިގެން ދާނެއެވެ.

1 އެމްޕަތީ

އެމްޕަތީ އަކީ އެހެންމީހެއްގެ ޖަޒްބާތުތަކާއި ނަޒަރިއްޔާތު ދެނެގަތުމުގެ ޤާބިލްކަމެވެ. މިސާލަކަށް ކަސްޓަމަރަކު ޚިދުމަތެއް ހޯދުމަށް އައުމުގެ ކުރިން އެމީހުން ބޭނުންވާނެ ކަންތައްތައް ދެނެގަނެ ޙައްލު ހޯދާފައި ބެހައްޓުމެވެ. އަދި ޚިދުމަތް ހޯދުމުގެ ތެރެއިން ކަސްޓަމަރު ބޭނުންވާނެ ކަންކަން ދެނެގަތުމެވެ.

2 މައްސަލަ ޙައްލުކުރުން

ދިމާވާ މައްސަލަތައް ހައްލުކޮއްދިނުމަކީ ކަސްޓަމަރުންނަށް ފޯރުކޮއްދޭ ޚިދުމަތްތަކުގެ ތަޅުދަނޑިއެވެ. ކަސްޓަމަރެއްގެ މައްސަލައެއް ނުވަތަ ޝަކުވާއެށް އެ ވިޔަފާރިއަކާއި ގުޅިއްޖެނަމަ، އެކަން ދިމާވާ ސަބަބުހޯދައި ތަކުރާރު ނުވާނެގޮތަށް އެކަމަށް ޙައްލުހޯދަންޖެހެއެވެ. ދިމާވި މައްސަލައަށް ޙައްލު ހޯދުމުގައި ކެތްތެރިކަން އިސްކޮށް އިޙްތަރާމް ކުރަން ޖެހޭނެއެވެ. މިކަމަށް ބޭނުންވާ އެކަށީގެންވާ ފަންނާއި، ޢިލްމާއި ހުނަރު ހޯދަން ޖެހޭނެއެވެ.

3 މުޢާމަލާތްކުރުން

މިޒަމާނުގައި މުޢާމަލާތް ކުރުމަކީ ވަރަށް ފުޅާކޮށް ކުރެވޭކަމެކެވެ. ބަހުގެގޮތުން، ލޮލުން، އަޑުއެހުމުން، އިންޓަރނެޓް، ވެބްސައިޓް، އެޕް، ފޯން، ވީޑިއޯ، އީމެއިލް މިއީ މިހާރު މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަސީލަތްތަވެ. ފައިދާ ހުރިގޮތަކަށް ހިންގޭ މުޢާމަލާތެއްނަމަ ސައްޙަ، ސާފު، ފުރިހަމަ، ޚުލާސާ އަދި އޯގާތެރިކަން އެކުލެވެން ވާނެއެވެ. ރަނގަޅު މުޢާމާލާތެއްނަމަ ފޮނުވާ މީހާއާއި ލިބޭ މިހާއަށްވެސް ހިތްހަމަޖެހުން ލިބޭނެއެވެ. އަދި ކޮންމެ މައްސަލައަކަށްވެސް ޙައްލު ލިބިގެން ދާނެއެވެ.

4 ސަމާލުކަންދިނުމާއިއެކު އަޑުއެހުން

ކޮންމެ ވާހަކައެއްގައި އަޑުއަހާ މީހަކާއި ވާހަކަ ދައްކާ މީހަކު ބޭނުންވެއެވެ. ކަސްޓަމަރުންގެ ސުވާލުތަކާއި ކަންބޮޑުވުންތަައް އަޑުއަހާ، ދިފާޢީ ވާހަކަ ދެއްކުމަށް ވުރެން ބޮޑަށް، ކަސްޓަމަރުގެ ވާހަކައަށް ޝަޢުގުވެރިކަން ހުރިކަމާއި އެކަން ޙައްލުކޮއްދިނުމަކީ މުޙިއްމު ކަމެއްކަން އިޙްސާސް ކޮއްދެންވާނެއެވެ.

 5 ފަންނީ ޢިލްމު ލިބިފައިވުން

ކޮންމެ ކަމެއްގައިވެސް އޭގެ ޢިލްމު ލިބިފައިވާނަަމަ އެކަން ދެނެގަނެ ހައްލުކުރަން ފަސޭހަވާނެއެވެ. އެގޮތުން ކަސްޓަމަރުންނަކީ ކޮންމެ ވިޔަފާރިއެށްވެސް ކުރިއަރައި ދިއުމުގެ އަސްލެވެ. އަދި ކަސްޓަމަރުން ބްރޭންޑަށް އިތުބާރު ކުރާނަމަ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކުރިޔަށް ދެވޭނެއެވެ. މިކަމައްޓައި ބަސް ދެނެގަތުމާއި، ކަމާއި ގުޅުންހުރި ތަފާތު ކޯސްތަށް ފުރިހަމަކުރުމާއި އެކިއެކި ތަންތަނުގައި ކަންކުރާ ތަފާތުގޮތްތަށް ހޯދައި ބަލައި ދިރާސާކުރުން ހިމެނެއެވެ.

6 ކެތްތެރިވުން

ކަސްޓަމަރުންނާއި މުޢާމަލާތް ކުރާއިރު ކެތްތެރިވުމަކީ އޭގެ ފައިދާކުރާނެ ކަމެކެވެ. ޚާއްސަކޮށް ހިތްހަމަނުޖެހި، ރުޅިގަދަވެފައިވާނަމަ، އޯގާތެރިކަމާއި ހިތްހެޔޮކަން ބޭނުންކުރަން ވާނެއެވެ. ތިބާގެ ޢަމަލާއި ބަސްމަގުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވިޔަދީގެން ނުވާނެއެވެ. ކަސްޓަމަރު ރުޅިމަޑުވެ ހަމަޖެހޭ ވަގުތު ތިމާއާއިމެދު ހިތްހަމަ ނުޖެނޭނެކަމެއް ވިޔަދީގެން ނުވާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު
ޤައުމު އާރާސްތުކުރުމުގެ އެންމެ ވަރުގަދަ މޭސްތިރިންނަކީ މުދައްރިސުން ކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
31 Oct 2025
ހަބަރު
އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު
ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
30 Oct 2025
ހަބަރު
ދ. މީދޫގައި 30 ޓަނުގެ އައިސް ޕްލާންޓާއި ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދާލު އަތޮޅު މީދޫގައި ތަރައްޤީ ކުރި 30 ޓަނުގެ އައިސް ޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
30 Oct 2025
ހަބަރު
ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައިގެ އިތުރަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއެކު ބައްސާމް ޢަދީލް ޖަލީލު އިތުރު 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
30 Oct 2025
ހަބަރު