ބަންކަރިންގެ ޚިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އައިޝަތު ޝިއުރާ
14 Sep 2024
ހަބަރު

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެނައި "މެރިން ބެއްލާ"  ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ. މިއީ މި ޚިދުމަތަށް ގެނައި ދެވަނަ ބޯޓެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްފައެވެ. މީގެ ތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މި މަހުގެ 09 ވަނަ ދުވަހު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ފަށާނީ އިހަވަންދިއްޕޮޅުގައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތާ އެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ވެސް ދޭން ވަނީ ނިންމާފައެވެ. އެގޮތުން އެސްޓީއޯއިން އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ދޭނެއެވެ. މި މަހު ފަށާ މި ޚިދުމަތާއެކު ފުރަތަމަ ފަށާނީ ފްލޯޓިން ބަންކަރިންގެ ޚިދުމަތެވެ. އަދި މުސްތަޤުބަލުގައި އެ ސަރަޙައްދުގައި ސްޓޯރޭޖު ވެސް ޤާއިމްކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާރިޗު 2024 ގައެވެ.

މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެވެ. ޚާއްސަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ޤައުމުގެ ބަނދަރުތަކުގެ ބޭނުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން، ރަށްރަށުގެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު