މިނިސްޓަރ މުއްތަލިބު އެފްކޮންސްގެ މެނޭޖިންގ ޑިރެކްޓަރާއި ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
14 Sep 2024
ހަބަރު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެފްކޮންސްގެ މެނޭޖިންގ ޑިރެކްޓަރ އަދި އެހެނިހެން އިސް ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ތިލަމާލެ ބްރިޖް މަޝްރޫޢާ ބެހޭ ގޮތުންނެވެ. މިގޮތުން މިމިނިސްޓްރީ އާއި އެފްކޮންސްއިން އިން ދަނީ މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ސްޓްރެޓެޖިކް، ޓެކްނިކަލް އަދި އޮޕަރޭޝަނަލް ފެންވަރުގައި ގާތުން މަސައްކަތްކުރަމުންނެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޚާއްޞަކޮށް ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމާއި، މަޝްރޫޢު ކުރިއަށްދާ މިންވަރު ބެލުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމަށް އެފްކޮންސް އާއެކު ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު