އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ފޮޓޯ: ސަން އޮންލައިން

ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލަން ތާއީދު، 130 މިލިއަން ރުފިޔާ ސަލާމަތްވާނެ - އީސީ

އަލީ ޝާހީން
17 Jul 2024
ހަބަރު

އެންމެ ބޮޑު ދެ އިންތިހާބުކަަމުގައިވާ ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ތާއީދުކަމަށް އީސީން ބުނެފިއެވެ. 

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލަން ތާއީދުކަމަށާއި އަދި އެކަމުގެ ސަބަބުން 130 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އީސީން ބުނެފިއެވެ. 

އިލެކްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިހާރު އިންތިހާބުތަކަށް ކުރަމުންދާ ވަރަށް ގިނަ ހަރަދުތައް އެއްކޮށްލެވި ދެބައިކުޅަ އެއްބައި ހަރަދު ކުޑަކުރެވޭނެ ކަމަށެވެ. 

"ވަރަށް ގިނަ ޚަރަދުތައް އެއްކޮށް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހާފަށް [ޚަރަދު] ކުޑަވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިގެން ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މި ދައުރުގައި ހުށަހަޅުއްވާނެކަން އިއުލާން ކުރައްވާފައެވެ. 

އެކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ނިމިދިޔަ ދެ އިންތިހާބުގައި ޖުމުލަ 200 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެގޮތުން 200 މިލިއަން ރުފިޔާގެ ތެރެއިން 120 މިލިއަން ރުފިޔާ ހަރަދުވެފައިވަނީ މަޖިލީސް އިންތިހާބަށެވެ. އަދި 180 މިލިއަން ރުފިޔާ ހަރަދުވެފައިވަނީ ރިޔާސީ އިންތިހާބަށް ކަމަށް އެކޮމިޝަނުން ހާމަކުރެއްވިއެވެ. 

ރައީސް މުއިއްޒު ވަނީ މަޖިލީސް މެންބަރުންގެ އިތުރުން ލޯކަލް ކައުންސިލުތަކުގެ މެންބަރުންގެ އަދަދުވެސް މަދުކުރެއްވަން ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު