އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އައްޑޫސިޓީ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުން

އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރ ބައްދަލު ކުރައްވައިފި

އަލީ ޝާހީން
14 Sep 2024
ހަބަރު

އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ބައްދަލު ކުރައްވައިފިއެވެ. 

އައްޑޫސިޓީގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެެއްވުމުގައި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރައްވައި ވިޔަފާރިވެރިންގެ އެކިއެކި ސުވާލުތަކަށް ވަޒީރުވަނީ ޖަވާބު ދެއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގައި އެ ސަރަޙައްދުގެ ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް ކުރިއަރުންވަން ބޭނުންވާ ކަންތައްތައްވެސް ބައްދަލުވުމުގެ ބައިވެރިން ވަޒީރާ ޙިއްސާ ކުރެއްވިއެވެ.

މީގެއިތުރުން އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކާއި ކުރިއަށް އޮތްތަނުގައި ފެއްޓެވުމަށް ރާއްވަވާފައިވާ މަޝްރޫޢޫތަކާބެހޭ މަޢުލޫމާތުވެސް ވަޒީރު ޙިއްސާ ކުރެއްވިއެވެ. އަދި އެމަޝްރޫޢުތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގަވައި ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދުވެސް ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީގޮތުން ހުރި ގޮންޖެހުންތައް ބައްލަވައި ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯއްދަވައި ދެއްވުމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުންވެސް ވިޔަފާރިވެރިން ވަނީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވިޔަފާރިވެރިންނާ މުޚާޠަބު ކުރައްވައި ވަޒީރު ދެެއްކެވި ވާހަކަފުޅުގައި، ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކޮށްދެެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ މަޝްރޫއުތައް ވެވަޑައިގެންނެވި އެންމެ އަވަހަކަށް ފަށްޓަވައި އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށްވެސް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ސަޢީދުގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޟިޔާޢު މުޙައްމަދާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިޙް އާދަމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޢިއްޒަތްރެރި މެންބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު