އޭޝިއާ-ޕެސިފިކް މީޓިންގ އޮން އެޑިޔުކޭޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އައިޝަތު ޝިއުރާ
17 Sep 2024
ހަބަރު

ޔުނެސްކޯ އާއި ޔުނިސެފް ގުޅިގެން އިންތިޒާމުކުރި 6 ވަނަ އޭޝިއާ-ޕެސިފިކް މީޓިންގ އޮން އެޑިޔުކޭޝަން 2030 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ހިނގާ ސެޕްޓެންބަރު މަހުގެ 10 އިން 13 އަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙުމަދު މުޙައްމަދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން އަޙުމަދު ޝަފީޢު އަދި ޑިރެކްޓަރ ޖެނެރަލް އިބްރާޙީމް އާސިފް ރަޝީދުއެވެ.

ހަތަރު ދުވަހަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ވަނީ "2022 ބެންކޮކް ސްޓޭޓްމެންޓް"ގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ދިރާސާކޮށް، ތަޢުލީމީ ދާއިރާއަކީ ވިލުނުވެރި، ޝާމިލް، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 4 ވަނަ ލަނޑުދަނޑި- "ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދީ، މުޅި އުމުރަށް އުނގެނުން ކުރިއެރުވުން"، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، މައްސަލަތައް މުރާޖަޢާކޮށް، ކޮވިޑް-19 އަށް ފަހު ލަރނިންގ ރިކަވަރީއަށްއަށް މަގުފަހިކުރުވި ކަންކަމާއި އައު އިޖާދުތައް ދެނެގަނެ، ތަޢުލީމީ ނިޒާމާށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރާ މަސައްކަތުގައި މަލްޓިލެޓަރަލް، ކްރޮސް-ސެކްޓޮރަލް، އަދި މަލްޓި-ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް އިތުރަށް ހަރުދަނާކުރުމެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ވަފުދު ވަނީ ސާކް ގައުމުތަކުގެ ތައުލީމީ އިސްވެރީންގެ 3 ވަނަ ޓެކްނިކަލް ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު