ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
17 Sep 2024
ހަބަރު

ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު މި ވުޒާރާއިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުވުމުން ނިމުނީ މި މަސައްކަތްކުރުމަށް ޓަކައި 4 މުއައްސަސާ ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް އެކުލަވައިގެން އުޞޫލު އެކުލައިލުމުގެ މަސައްކަތްކުރިއަށް ގެންދާ ގޮތަށެވެ. އުޞޫލު އެކުލައިލާ ކޮމެޓީގައި މި މުއައްސަސާގެ ކޮންމެ ކުލަސްޓަރއަކުން ބޭފުޅަކާއި، ޓުއަރިޒަމް މިނިސްޓްރީން 2 ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރީން 2 ބޭފުޅަކާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 ބޭފުޅަކު ހިމެނިލައްވައެވެ.

މިއީ ރައީސް އޮފީހުން މި މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މި މިނިސްޓްރީން އެކުލަވައިލާ އުޞޫލެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ވަޙްދަތުކުރިއަރުވާ މަތިވެރިކުރުމަށް އެތައް ގިނަގުނަ މަސައްކަތްޕުޅުތަކެއް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު