އެނަރޖީ އަދި ކުނި މެނޭޖްކުރުމާ ގުޅޭ މަޝްރޫޢުތަކާ ގުޅޭގޮތުން ވޯރލްޑް ބޭންކާއެކު މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
18 Sep 2024
ހަބަރު

އެނަރޖީ އަދި ކުނި މެނޭޖްކުރުމާ ގުޅޭ ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމް ވަނީ ވޯރލްޑް ބޭންކުގެ ޓީމަކާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި ކުރިއަށްދާ އެނަރޖީ އަދި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތާއި، ކުރިމަގުގައި މި ދާއިރާތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ވޯރލްޑް ބޭންކުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދެއްކެވިއެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، "ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގައި ވޯރލްޑް ބޭންކުން ދެއްވާ އެއްބާރުލުމަކީ ވަރަށް މުހިންމު އެއްޗެއް" ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވޯރލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު