"ސީޑްސް އޮފް ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް

އައިޝަތު ޝިއުރާ
18 Sep 2024
ހަބަރު

ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިއަދު ވަނީ ގައި ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި، "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން، ވިލާ ކޮލެޖްގެ ދެ ދަރިވަރުންކަމަށްވާ، އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާ އެވެ.

ހުއާވޭ އިން މި ދަރިވަރުންނަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު