ދިވެހި ފުލުހުން - ފޮޓޯ: ދަ ޕްރެސް

ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަލީ ޝާހީން
18 Jul 2024
ހަބަރު

ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު މީޑިއާތަކަށް ހިއްސާ ކުރިގޮތުގައި އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭގައި ގުރޫޕަކުން ހިންގި ނުރައްކާތެރި މަރާމާރީއެއްގައި ދިވެހި ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި އަނިޔާވި ޒުވާނާއަށް މިހާރުވެސް އަންނަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ. ޖުލައި މަހުގެ 1 ވަނަ ދުވަހު ހިންގި އެ މާރާމާރީގައި އެ ޒުވާނާގެ ބޯ ފަޅައިގެން ގޮސް ސިކުންޑިއަށް ލޭއެޅި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. 

އަނިޔާވި ޒުވާނާގެ އާއިލާއިން ހާމަކުރިގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ހިނގުމަށް ދަތިވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. 

އާއިލާއިންވަނީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ނޭނގުމާއި، މާރާމާރީ ހިންގި ގުރޫޕުން ދެވަނަ ފަހަރަށް އެ ޒުވާނާއަށް ހަމަލާއެއް ދީފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު