ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ވަރލްޑް ބޭންކްގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.

ދާޚިލީ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން އާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުގެ އިތުރުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް ރީ-ސްޓްރަކްޗަރކޮށްގެން ކުރިއަށްގެންދާނެ ގޮތާއި ޑޭޓާ ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލާއި ސައިބާ ސެކިއުރިޓީ ބިލުގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.

"ދެން ކުރިއަށް އޮތީ ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރުން. އެއީވެސް ވަރލްޑް ބޭންކުގެ އެހީގަ. ހިލޭ އެހީގެ ދަށުން އެކަންވެސް ކުރެވޭ ގޮތަށް އޮތީ. ޑޭޓަރ ޝެއަރިންގގެ މުހިންމު ކަމުގެ ވާހަކަވެސް ދެކެވުނު."ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު

ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

17 ނޮވެމްބަރު 2023 ވަނަ ދުވަހު ސަރުކާރުގެ އިދާރާތަކަށް ގެނެވުނު ބަދަލާއިއެކު، ޓެކްނޯލޮޖީގެ މެންޑޭޓް މިނިސްޓްރީ އޮފް ހޯމެލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެވުމާއި ގުޅިގެން، 20 އޯގަސްޓް 2024ގައި ޑީމެޑް މަޝްރޫޢު ވަނީ ދާޚިލީ މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިޖްތިމާއި އަދި އިޤްތިސާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުވާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ޤާއިމްކުރުމާއި، މި މަސައްކަތް ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

އަދި ޒަމާނީ ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޓަކައި ޑިޖިޓަލް އައިޑީގެ ނިޒާމާއި ޤާއިމްކުރުމާއި މޫސުމީ ޑާޓާ އަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ޑާޓާ ނަގާ، ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ސްޓޭކްހޯލްޑަރުންނަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިތުުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު