2024ގެ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

2024 ވަނަ އަހަރުގެ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ޤައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގްވާމީ އިނާމުދިނުމުގެ ހަފްލާއެކެވެ.

17ސެޕްޓެމްބަރ 2024 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވިލާ ނޮޓިކާގައި ބޭއްވި މި ހަފްލާގައި ރާއްޖޭއަށް ވަނީ' 14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024' ގެ ޝަރަފުވެރި އިނާމު އަރުވައިފައެވެ. މި އިނާމު ރާއްޖެއަށް ލިބިފައިވަނީ އިސްލާމިކް ފައިނެންސް ކުރިއަރުވަން ރާއްޖެއިން މަސައްކަތްކުރަމުންދާ މިންވަރު ދެނެގަނެ މިހާތަނަށް ލިބިފައިހުރި ކާމިޔާބީތަކާއި މޭލުދަނޑިތަކުގެ އަގު ވަޒަންކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނެންސް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކައް ބިނާކޮށެވެ.

މި އިނާމު ބަލައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ފަރާތުން ރާއްޖޭގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ. އަދި ޑރ މުޙައްމަދު ޝަފީޤު މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އިސްލާމިކް ފައިނެންސްގެ ތާރީޚަށް އަލިއަޅުވާލައްވާ މިހާރު އިސްލާމިކް ފައިނެންސްގެ ނިޒާމަށް އައިސްފާވާ ބަދަލުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަމާއި ރާއްޖެއަކީ އިސްލާމިކް ފައިނެންސްގެ ސަރަހައްދީ ނާރެހަކަށް ހެދުމުގެ ސަރުކާރުގެ ތަސައްވުރުވެސް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި އިނާމުދިނުމުގެ ހަފްލާގައި ދިވެހިރާއްޖޭގެ އެހެނިހެން މާލީ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު