މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސް ހަބަކަށް ދިވެހިރާއްޖެ ހަދާނަން: މިނިސްޓަރ

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ދިވެހިރާއްޖޭގައި އިސްލާމީ މާލިއްޔަތުގެ ޚިދުމަތްތަކަށް ހުރި ޑިމާންޑު ވަރަށް މަތިކަމަށާއި، މުސްތަޤުބަލުގައި މި ސަރަޙައްދުގެ އިސްލާމީ މާލިއްޔަތުގެ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަންގާރަ ދުވަހު ވިލާ ނޯޓިކާގައި ބޭއްވި ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް އެންޑް އެވޯޑްސް 2024ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން މިނިސްޓަރ ޑރ. ޝަފީޤް ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމީ މާލިއްޔަތުގެ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާ ކަމަށްވާ އަމާނާ ތަކަފުލް ޤާއިމުކުރިތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭގެ ފަހުން ރާއްޖެށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މިހާރު ފަޚުރުވެރިކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކާއި، އެޗްޑީއެފްސީ އަމްނާ، އަދި ބީއެމްއެލް އިސްލާމިކް ފަދަ އެކިއެކި ފަރާތްތައް މެދުވެރިކޮށް އިސްލާމީ މާލީ ޚިދުމަތްތައް ފުޅާ ދާއިރާއެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

މީގެ އިތުރުން، ގަވަރމަންޓް ސެކިއުރިޓީސްގެ މާކެޓްވެސް އިތުރަށް ތަރައްޤީވެ، އިންޓަރނޭޝަނަލް އިސްލާމިކް ޑެޓް ކެޕިޓަލް މާކެޓަށް ވަދެ، 2021 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވިއްކާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ސުކޫކްގެ ޕޭމަންޓްތައް ގަޑިން ގަޑިއަށް ދައްކަމުން އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގެ މާލީ ހާލަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރަނގަޅު މާލީ އިސްލާހުތަކެއް މެދުވެރިކޮށް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، އިސްލާމީ މާލިއްޔަތުގެ ޚިދުމަތްތައް ދޭ ސިނާޢަތް އިތުރަށް ވަރުގަދަކޮށް، އިސްލާމިކް ގްރީން ފައިނޭންސިންގެ ފުރުސަތުތައް ހޯދުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު