ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީ އަށް ކޮމްޕިއުޓަރު ސިސްޓަމާއި ލެޕްޓޮޕްތަކެއް ހަދިޔާކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޕާކިސްތާނުން އިސްލާމިކް މިނިސްޓްރީ އަށް ކޮމްޕިއުޓަރު ސިސްޓަމާއި ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

އަލީ ޝާހީން
18 Jul 2024
ހަބަރު

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީ އަށް ކޮމްޕިއުޓަރު ސިސްޓަމާއި ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީ އަށް ހަދިޔާ ކޮށްފައިވަނީ 10 ކޮމްޕިއުޓަރު ގެ އިތުރުން 7 ލެޕްޓޮޕެވެ. މި ތަކެތި އިސްލާމިކް މިނިސްޓްރިއާއި ހަދިޔާ ކުރެއްވީ މިއަދު ހެނދުނު އެމިނިސްޓްރީގައޮ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށް ދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަދު ހެނދުނު ެތަކެތި ހަވާލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ، އަދި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމި އޮންނާނެ ކަމަށްއޭނާ ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.  

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު