'ރިސާލަތު'ގެ 623 ޕްރޮގްރާމެއް ހިންގައިފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު ފަތުރައި މަޢުލޫމާތު ފޯރުކޮށް ދިނުމަށް ޓަކައި، ކުރިއަށް ގެންަވާ 'ރިސާލަތު'ގެ 623 ޕްރޮގްރާމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހައިތަނަށް ހިންގައިފިއެވެ. 

މީގެ ތެރޭގައި މަދަރުސާ ކުދީންނަށް ޚާއްޞަކޮށްގެން ހިންގި 162 ޕްރޮގްރާމަކާއި، މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި 48 ޕްރޮގްރާމެއް ހިމެނެއެވެ. މީގެ އިތުރަށް ބެލެނިވެރިންނަށް ޚާއްޞަ 71 ޕްރޮގްރާމަކާއި މިސްކިތްތަކުގައި ހިންގުނު 53 ޕްރޮގްރާމަކާއި ޒުވާނުންނަށް ޚާއްސަކޮށްގެން 24 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. އަދި 81 މުއައްސަސާއަކާއި ޔުނިވަރސިޓީތަކުގައި ތިން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

މީގެ އިތުރަށް ޖަލުތަކުގައި 7 ޕްރޮގްރާމަކާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް 18 ޕްރޮގްރާމަކާއި، އަދި ވީޑިއޯ ދަރުސް މެދުވެރިކޮށް 63 ޕްރޮގްރާމެއް ވަނީ ގެނެސްދީފައެވެ.

'ރިސާލަތު' ޕްރޮގްރާމްގެ ދަށުން ދިވެހިބަހުގެ އިތުރަށް އިނގިރޭސި ބަހުން ވެސް ދީނީ ޢިލްމުވެރިންގެ ނަޞޭޙަތްދެއްވުން ބާއްވަވާކަން ފާހަގަކޮށްލެވެއެވެ. 'ރިސާލަތު'ގެ ޕްރޮގްރާމްތަކުގައި މާުލޫމާތު ދެއްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރީންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު