މިއަހަރުގެ މިހާތަނަށް 9 މިސްކިތެއް އިމާރާތް ކުރުމަށް އަމިއްލަ ފަރާތްތަކަށް ހުއްދަ ދީފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 9 މިސްކިތެއް ބިނާ ކުރުމަށް ހެޔޮއެދޭ އަމިއްލަ ފަރާތްތަަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދީފިއެވެ.

މި މިސްކިތްތައް ބިނާ ކުރުމަށް އެ ފަރާތްތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސް ވުމުގައި ސޮއި ކުރައްވާފައެވެ. އެގޮތުން މިއަހަރު މިހާތަނަށް ހުއްދަ ދީފައިވާ މިސްކިތްތަކަކީ

1. ފޭސް 2 ގައި މިސްކިތެއް އިމާރާތް ކުރުމަށް

2. ފޭސް 3 ގައި މިސްކިތެއް އިމާރާތް ކުރުމަށް

3. ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް އިމާރާތް ކުރުމަށް

4. ބަރުބަރީ މިސްކިތް ހުރި ބިމުގައި ޖާގަ ތަނަވަސް އާ މިސްކިތެއް އިމާރާތް ކުރުމަށް

5. ރ. އަލިފުށީގައި މިސްކިތެއް އިމާރާތް ކުރުމަށް

6. ހއ. އިހަވަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް

7. ހުޅުމާލެ ފޭސް 2 ލޮޓު 2215 ގައި މިސްކިތެެއް އިމާރާތް ކުރުމަށް

8. ސ. ހުޅުދޫގައި އާ މިސްކިތެއް އިމާރާތް ކުރުމަށް

9. ހދ. ނޮޅިވަރަންފަރުގައި އާ މިސްކިތެއް އިމާރާތް ކުރުމަށް

މީގެ އިތުުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރުވެސް 22 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް ނިމުމަކާއި ގާތުގައިވާއިރު، ވުޒާރާއިން އަމާޒު ހިފާފައިވަނީ ނޮވެމްބަރު މަހުގެ ކުރިން މި މިސްކިތްތަކުގެ މަސައްކަތްތައް ނިންމުމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު