ވަޒީރު ރާފިޢު، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއާ ބައްދަލުކުރައްވައިފި އެވެ.

ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.

އިންޑިއާ އަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. މިގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގްރާންޓްގެ ދަށުން ގިނަ ކުޅިވަރު ވަސީލަތްތަކެއް އަންނަނީ ރާއްޖޭގައި ގާއިމްކުރަމުންނެވެ.

މިގޮތުން އެތުލެޓިކްސްއަށް ހާއްސަ ޓްރެކްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތައްވެސް އަންނަނީ އެކި ރަށްރަށުގައި ގާއިމްކުރަމުންނެވެ. މީގެ ކުރިން އެކި ރަށްރަށުގައި އައުޓްޑޯ ޖިމް އެޅުމަށްވެސް އިންޑިއާ އިން ގިނަ އެހީތަކެއްވަނީ ލިބިފަ އެވެ.

އިންޑިއާ ސަފީރު މުނޫ މަހާވަރްއާއިއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެކި ރަށްތަކުގައި ފަށާފައިވާ ކުޅިވަރު މަޝްރޫޢުތައް ނިންމުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު