ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާހުކޮށްފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029" އިފްތިތާޙުކޮށްފިއެވެ.

ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029 އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބަރާހީމެވެ. މި ރަސްމިއްޔާތަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޔުޓިލިޓީތަކުގެ އިސްވެރީން ބައިވެރިވެޑައިގެންނެވިއެވެ.

ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށެވެ.

ހަކަތައިގެ އިސްތިރާޖީތައް 2024 – 2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ.

• އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްޤީކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެކެވެ.

• ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެކެވެ.

• ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތަޢާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ.

• ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ޚާއްޞަކަމެއް ދީފައިވާ ކަމެކެވެ.

• ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާކުރުމަކީވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު