ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާބެހޭ ގަވާއިދަށް އިސްލާހުތަކެއް

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

މި އިސްލާހުތަކުގެ ދަށުން، އުޅަނދުގެ ވެރިފަރާތަށް އުޅަނދު އަނބުރާ ހަވާލުކުރުމުގެ ކުރިން، އިތުރު ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ.

އާ އިސްލާހުތަކާ އެއްގޮތަށް، އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ދެއްކިކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. މިގޮތުން، ޖޫރިމަނާ ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަކަށް ފައިސާ ދެއްކިކަމުގެ ލިޔުން ހުށަހަޅަނޖެހޭނެއެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ވަކި އުސޫލަކަށް އެއްބަސްވެވިގެން ފައިސާ ދައްކަމުންދާނަމަ، އެފަދަ އެއްބަސްވުމެއް އޮތްކަން އަންގައިދޭ ލިޔުމާއި، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެ އުޅަނދެއް ގެނެވުނު ސަބަބާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ދެއްކިކަމުގެ ލިޔުންވެސް ހުށަހަޅަންޖެހޭނެއެވެ. ފުލުހުންގެ ފަރާތުން މި ގަވާއިދަށް ގެނެވުނު އިސްލާހުތަކަކީ ޤާނޫނު ތަންފީޒުކުރުމަށާއި، އުޅަނދުފަހަރާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު