ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް އޮފިސަރުންނަށް ތަޢާރަފު ކޮށްއެރުވުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ އިސްކަންދަރު ކޮށީގައެވެ.

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނަކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން ފުލުހުންގެ ގިނަ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތަޢާރަފަށް ފަހު ބައްދަލުވުމުގެ ބައިވެރީން ވަނީ މި ތަޢާރަފާ ބެހޭ ގޮތުން އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރައްވައި، ތަޢާރަފާ ބެހޭ ގޮތުން ސުވާލު ކުރައްވައި އިތުރަށް މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ތަޢާރަފުގައި ދިވެހި ޤައުމިއްޔަތުގެ މަފްހޫމުތަކާއި، ބަހާތަކާއި، ޤައުމެއް ދެމިއޮންނަ ގޮތުގެ އޮނިގަނޑުގެ މައްޗަށް ޢިލްމީ ނަޒަރަކުން އަލިއަޅުވާލާފައިވެއެވެ.

ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެދަށުން 18 ޖަނަވަރީ 2024ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވާފައެވެ. މި މަރުކަޒުން ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ފީލްޑް ރިސަރޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢުގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި އިފްތިތާޙް ކޮށްދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު