މިނިސްޓަރ މުއްތަލިބު އޭއައިއައިބީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، މި މަޝްރޫޢަކީ ކުރިމަގުގައި މި ސަރަޙައްދުގެ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 187 ރަށް އޮތްއިރު މިރައްރަށުގައި އުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ރާއްޖޭގައި 4 މަޝްރޫޢެއް ހިންގުމަށް ފަންޑިންގް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ކޮވިޑް މެނޭޖްމަންޓް ހެލްތް ޕްރިޕެއާރޑްނެސް ޕްރޮޖެކްޓް ގެ އިތުރުން ގްރޭޓަރ މާލެ އޭރިއާގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު އަދި ސޯލަރ ޕަވަރ ޑިވެލޮޕްމަންޓް ފަދަ މަޝްރޫއުތައް ފާހަގަކޮއްލެވެއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ އެހީ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.  

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު