އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިފި

އައިޝަތު ޝިއުރާ
20 Sep 2024
ހަބަރު

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، "އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445" އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. މިގޮތުން ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެފަރާތްތަކަށް އިންޑަސްޓްރީއިން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ "މަނާލް"އެވެ. މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުކުރި ޑްރާމާއެކެވެ.

އެވޯޑު ލިބުން ފަރާތްތައް:

- އެންމެ މޮޅު އެކްޓަރ (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރ (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން): އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރ (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ޑިރެކްޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސިނަމެޓޮގްރާފަރ: (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެޑިޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)

- އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ޑްރާމާ: މަނާލް/ އެމްއެންޔޫ

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު