ހުޅުމާލޭގައި ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ބާއްވައިފި

އައިޝަތު ޝިއުރާ
21 Sep 2024
ހަބަރު

ހުޅުމާލޭގައި ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ހުޅުމާލެ ފުލުހުން ބާއްވައިފިއެވެ.

މިއީ ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަަށް ހެދުމާއި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންއަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަަށް ގެންދިޔަ ދެވަނަ ރޯޑް ޝޯވއެވެ.

ހުކުރު ދުވަހުގެ ހަވީރު މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި މަގުތަކާއި މީހުން ގިނައިން ދިރިއުޅޭ ފުލެޓުތައް ހިމެނޭ ސަރަހައްދުތަކުގައެވެ. މި ރޯޑް ޝޯވގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން، މަގުމަތީގެ އާންމު މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ މެސެޖުތައް އިއްވާފައިވެއެވެ.

އަދި އާންމުންނާ ވާހަކަދައްކައި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި ހިނގާބިނގާވެ އުޅުމުގައި ވެސް ރައްކާތެރިވެ އުޅުމަށް ބާރުއަޅާފައިވެއެވެ.

އޭގެ އިތުރުން، ބައެއް ސަރަހައްދުތަކުގައި މަޑުކޮށްގެން ތިބެ ކުޑަކުދިންނަށް ހަދިޔާ ބެހުމާއި "ދުވެކި މަޑުކުރޭ! ފުރާނަ ސަލާމަތް ކުރޭ!" ފްރޭމާއެކު ފޮޓޯ ނެގުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ސިލްސިލާ ހަރަކާތްތައް ހުޅުމާލެ ފުލުހުން ދަނީ ހިންގަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު