އަމާޒަކީ މި އަހަރު ނިމުމުގެ ކުރީން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން: ވަޒީރު

އައިޝަތު ޝިއުރާ
21 Sep 2024
ހަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރީން 100 އިމާމުންނަށް ރާއްޖޭން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށާއި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުންކަމަށެވެ.

އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯއްދަވައިފައިވެއެވެ. އިތުރު 20 އިމާމުންނަށް ވަނީ ބުރޫނާއީ ދާރުއްސަލާމުން އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދެވިފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ރަނގަޅު ތަމްރީނުދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެ ގޮތުން މިހައި ތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހައި އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވައިލެއްވޭނެކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު