5 އަހަރު ތެރޭގައި 500 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ކުރާނަން: ވަޒީރު

އައިޝަތު ޝިއުރާ
21 Sep 2024
ހަބަރު

އަމާޒަކީ މި 5 އަހަރުގެ ތެރޭގައި 500 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ކުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިމާމުންގެ މަހާސިންތާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަމާޒަކީ މި ދައުރުގެ ކޮންމެ އަހަރަކު ރާއްޖޭން ބޭރުން 100 އިމާމުން ތަމްރީން ކުރުންކަމަށާއި ދައުރު ނިމިގެންދާއިރު 500 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ދިނުންކަމަށާއި، 1000 ޒުވާން ޚަޠީބުން މި ދައުރުގެ ތެރޭގައި މައިދާނަށް ނެރުއްވުމަކީވެސް އަމާޒެއްކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭން ބޭރުން 60 އިމާމުންނަށް ތަމްރީން ދީފައިވާއިރު، ޒުވާން ޚަޠީބުން ޕްރޮގުރާމްގެ ދަށުން 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މަހާސިންތާގެ ބޭނުމަކީ އިމާމުންނާއި ވުޒާރާއާއި އެއްތަނަކުން ދިމާވެ ކަންކަމާއި މެދު މަޝްވަރާ ކުރެއްވުންކަމަށާއި މަހާސިންތާގެ ތެރެއިން ނިންމޭ ކަންކަން ތަންފީޒު ކުރައްވާނެކަމަށެވެ.

މިއަދު ފެށި މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެލައްވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް 300 އިމާމުންނާއި ހާޒިރުވެގެން ބައިވެރިވާ 208 އިމާމުން ހިމެނެއެވެ. މިއަދު ކުރިއަށްދާ މި މަހާސިންތާގައި 5 ދަންފަޅިއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު