މަތީ ތަޢުލީމު ކޯސްތަކުން ފާސްވުމަށް އެސަސްމަންޓްތަކުން %50 ހޯދުން ލާޒިމްކުރަނީ

އައިޝަތު ޝިއުރާ
22 Sep 2024
ހަބަރު

މަތީ ތަޢުލީމުދޭ ކޯސްތަކުގެ ކޮންޓްރޯލްޑް އެސަސްމަންތްތަކުން މަދުވެގެން %50 ހާޞިލުނުކުރާނަމަ ފާސްނުވާ ގޮތަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑޭޝަން އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފިއެވެ.

ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ ކޮލެޖުތަކާއި އިންސްޓިއުޓްތަކުން، ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ ދަރިވަރުން ހަދާ އިމްތިހާނުތަކާއި އެސައިންޓްމަންޓްތަކުންނެވެ.

އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓްތަށް އެހެންމީހުން ލައްވައި ތައްޔާރުކުރުމާއި، ޗެޓްޖީޕީޓީ' ފަދަ އޭއައިގެ ވަސީލަތްތަށް ބޭނުންކޮށް އެސައިންޓްމަންޓްތަށް ފުރިހަމަކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އެގޮތުން، މިދަފަ މައްސަލަތަކަށް ޙައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން (ލެކްޗަރާއެއްގެ ހާޒިރުގައި ދަރިވަރުންހަދާ އިމްތިހާނު ނޫނީ ޕްރެޒެންޓޭޝަން) %50 ހާޞިލު ނުކުރާނަމަ ކޯހުން ފާސްނުވާނެ ކަމަށް އެމްކިޔުއޭ އިން ވަނީ ނިންމާފައެވެ.

މަތީ ތަޢުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާއި ނުލައި %100 މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތަށް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ޤާބިލް ނޫން ފަރާތްތަކަށް މަތީ ތަޢުލީމުގެ ސަނަދު ވަނީ ލިބިފައެވެ. މި މަސައްލައަށް ޙައްލު ހޯދުމަށްޓަކައި، އެމްކިޔުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތަށް އެކްރެޑިޓްކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓް އިން %50 ހާޞިލުނުކޮށް، ފާސް ނުވާނެގޮތަށް ނިންމަވާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށްކުރުވުމަކީ ޤާނޫނީ ކުށެކެވެ. މިފަދަ ޢަމަލުތަށް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެދަރިވަރަކު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށް، ހަމަ މި މާއްދާގައި ވަނީ ބަޔާންކުރެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު