އިމާމުންގެ މަހާސިންތާ ނިންމާލައިފި

އައިޝަތު ޝިއުރާ
23 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ އިމާމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، އިމާމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށާއި އިމާމުންނަށް މުހިއްމު ފިލާވަޅުތަކެއް ނަގައިދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ އިމާމުންގެ މަހާސިންތާ  ނިންމާލައިފިއެވެ.

މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ނަންގަވައިދެއްވި ހާއްސަ ދަންފަޅިއަކާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ހާއްސަ ދަންފަޅިއެއްގެ އިތުރުން، އިމާމުންނަށް ސިވިލް ސާވިސްގެ ޤަވާއިދުތައް ކިޔަވައިދިނުމަށްވެސް ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އިމާމުންނަށް ފިޤުހީ ގޮތުންނާއި އިދާރީ ގޮތުން މުހިއްމު މަޢުލޫމާތުތައް ދިނުމަށް ޕެނަލް ޑިސްކަޝަނެއްގެ އިތުރުން އިމާމުންގެ ޚިޔާލާއި ލަފާ ހޯދުމަށްވެސް ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އިމާމުންގެ އަހަރީ ބައްދަލުވުން ނިންމުމުގެ ގޮތުން ވާހަަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންގެ މަހާސިންތާގެ ތެރެއިން ނިމިގެންދިޔަ ކަންކަން ތަންފީޒުކުރައްވާނެކަމަށާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނުގައިވެސް އިމާމުންގެ ފަރާތުން ލިބިލެއްވި ޚިޔާލުތައްވެސް ހިމަނުއްވާނެކަމަށެވެ.

އިމާމުންގެ މަހާސިންތާ 2024 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިމާމުން ބައިވެރިވިއިރު އޮންލައިންކޮށް 400 އަށްވުރެ ގިނަ އިމާމުން މަހާސިންތާގައި ބައިވެރިވެފައިވެއެވެ. އަދި  ހާޒިރުވެގެން މަހާސިންތާގައި 220 އިމާމުން ބައިވެރިވެފައިވާއިރު ޖުމްލަ 620 އިމާމުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު