މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ގާލާ ނައިޓް ބާއްވައިފި

އައިޝަތު ޝިއުރާ
23 Sep 2024
ހަބަރު

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓް ބާއްވައިފިއެވެ.

ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮމިޝަނަރގެ އަނބިކަނބަލުންނެވެ. މި ހަފުލާގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެކި ރޭންކުތަކުގެ އަންހެން ފުލުހުންގެ އިތުރުން ހަފުލާގެ ސްޕޮންސަރ އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ދިވެހި ސަގާފީ ހެދުންތައް ފެނިގެންދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މި ޚިދުމަތުގައި ހުރިހާ ދާއިރާއެއްގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދާކަމީ ފަހުރުވެރިވާންޖެހޭ ކަމެއްކަމަށާއި މީގެ ކުރިން އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރަމުން އައި އަންހެން މުވައްޒަފުން މިއަދު މި ޚިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތްކުރާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކޮމިޝަނަރ ވިދާޅުވީ ގާތްގަޑަކަށް މުއައްސަސާގެ 15 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންކަމަށާއި އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މުއައްސަސާގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. އަދި ވިމެން އިން ޕޮލިސިންގ ކޮމިޓީން އިސްނަގައިގެން މިފަދަ ހަރަކާތްތައް ރޭވުމަކީ އަންހެން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ފަހިވެގެންދާ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ރޭވުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ހަފުލާގައި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގގެ އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން، އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޑިޕާޓްމަންޓުތަކާއި އެހެނިހެން މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.

މީގެ އިތުރުން، މި ހަފުލާގައި ބައިވެރިވި އަންހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ 750 ރުފިޔާގެ ގިފްޓް ވައުޗަރ އަދި ގުރުއަތުން ހޮވުނު އިތުރު ހަތް ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ ފަރާތުން ސެންޓު ހަދިޔާކޮށްފައިވެއެވެ. ލައިވް މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކޭކު ފެޅުމާއެކު ޑިނަރއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު