ދެ އިދާރާއެއްގެ މުވައްޒަފުންނަށް ނީލަމް ޕޯޓަލްގެ ތަމްރީނެއް ކުރިއަށްގެންގޮސްފި

އަލީ އަޒްލީފް
23 Sep 2024
ހަބަރު

ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މުވައްޒަފުންނަށް ނީލަމް ޕޯޓަލާ ގުޅޭ ތަމްރީނެއް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ބޭއްވި މި ސެޝަން ނަންގަވައިދެއްވީ އެސިސްޓަންޓް ޓްރެޜަރީ މެނޭޖްމަންޓް އެގްޒެކެޓިވް، ހިޝާމާ ރަފީޤެވެ.

ތަމްރީނުގެ މަޤްޞަދަކީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމާއި، ނީލަމް ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ މުދާ ވިއްކުމުގެ މަސައްކަތް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ޖަވާބުދާރީވުން އިތުރުކުރުމަށް މަގުފަހިކުރުމަކީވެސް މި ތަމްރީނުގެ އަމާޒެކެވެ.

ތަމްރީނުގައި ބައިވެރިންނަށް ނީލަމް ޕޯޓަލް ބޭނުންކުރާނެ ގޮތާއި، ޕޯޓަލްގައި މުދާ އަޕްލޯޑްކުރާނެ ގޮތާއި، ނީލަން ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ދެވުނެވެ. އަދި ނީލަމް ޕޯޓަލް ބޭނުންކޮށްގެން ދައުލަތުގެ މުދާ ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަމާލުވާންޖެހޭ ކަންކަމާ ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ.

މި ތަމްރީނަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން އެއް ތަމްރީނެވެ.  

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު