"ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގަތް ގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަކީ ހޯމްޓީމުގެ އަމާޒު"

އަލީ އަޒްލީފް
23 Sep 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތް ގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަކީ ހޯމްޓީމުގެ އަމާޒު ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި މިއަދު ފެއްޓެވުމަށް ފަހު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓް ކުރެވޭ ގޮތް ސަރުކާރުން ހެއްދެވިިއިރު ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކޮށް، ހަވާލުކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒު ވިލިނގިއްޔަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވިލިނގިލީގައި އައިޑީކާޑުގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދާޚިލީ ވުޒާރާއަށް މަތިކޮށްފައިވާ އެއް ޒިންމާއަކީ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ގާތުން ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން. އެގޮތުން ވަކިން ޚާއްސަކޮށް އައިޑީކާޑުގެ ޚިދުމަތާއި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް، ރަށްރަށުގައި ތިބެގެން ވީހާވެސް ގާތުން ލިބޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނާއި މަތިކޮށްފައިވާ ޒިންމާއެއް. އެގޮތުން އަތޮޅު ތެެރޭގައި އައިޑީކާޑުގެ ޚިދުމަތް ޕްރިންޓްކުރެވި އެތަނަކުން އިޝޫކުރެވޭ ނިޒާމެއް ގާއިމްވެގެން މިދަނީ ގއ. ވިލިނގިލީގަ. 

ދާޚިލީ ވަޒީރު

ވަޒީރު ވިދާޅުވީ މިފަދަ ޚިދުމަތެއް ވިލިނގިލީގައި ފެށިގެން ދިޔައީ ގއ. އަތޮޅު ކައުންސިލުން ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ކަމެއް ހާސިލްކުރުމަށްޓަކައި އެއް ޓީމެއްގެ ގޮތުގައި ގއ. އަތޮޅު ކައުންސިލުން ދެއްކެވީ ރީތި މިސާލެއް ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު