ގއ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް: ޝަހީން

އަލީ އަޒްލީފް
23 Sep 2024
ހަބަރު

ގއ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކަމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީން ވިދާޅުވީ އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތަކީވެސް އަތޮޅު ކައުންސިލުގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ޝަހީން ވިދާޅުވީ ރައްޔިތުން އުފަލުން އައި ތަކުލީފަށް ނިމުމެއް އަންނާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އައިޑީކާޑު ހެދުމަށް ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި ކާޑު އަތަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ބާރު ސްޕީޑުގައި މި ކައުންސިލުން ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ރައްޔިތުންނަށް ފެންވަރު ރަނގަޅު ފައިދާހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް އަތޮޅު ކައުންސިލުން މަސައްކަތްކުރާނެ. 

ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން

މީގެ އިތުރުން ޝަހީން ވަނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް އަތޮޅުގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އައިޑީކާޑު ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށުނު މަސައްކަތަކީ އަތޮޅު ކައުންސިލުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން އަތޮޅު ރައްޔިތުންނަށްޓަކައި ފެށިގެންދިޔަ މުހިންމު ޚިދުމަތެއްކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު