މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް އިކޮނޮމިކް މިނިސްޓަރ ސަޢީދު ބައްލަވާލައްވައިފި

އަލީ އަޒްލީފް
24 Sep 2024
ހަބަރު

ރާއްޖޭގައި ޤާއިމުކުރާ ޑޮވެލޮޕްމަންޓް ބޭންކް ހުޅުވަން ތައްޔާރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު މިއަދު ބައްލަވާލައްވައިފިއެވެ.

ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ޤާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިހާރު އެ ބޭންކަށް ސީއީއޯއަކާއި ޗެއަރމަންއެއްވެސް ވަނީ ހަމަޖައްސަވާފައެވެ.

އެގޮތުން އެ ދެމަޤާމަށްވެސް ހަމަޖައްސަވާފައިވަނީ ދުނިޔޭގެ އެކި ތަންތަނުގައި އެފަދަ މަސައްކަތްތައް ކުރައްވާފައިވާ ވަރަށްގިނަ ދުވަހުގެ ތަޖުރިބާވެސް ލިބިވަޑައިގެން ތިއްބެވި ދެބޭފުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކުރިއަށް ގެނދިއުމަށްޓަކައި ސަރުކާރުން ކަނޑައަޅުއްވާފައިވާ އެންމެމުހިންމު އެއް ވަޢުދެވެ. މި ބޭންކު ހުޅުވައި ޚިދުމަތް ދޭން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، ހަކަތައިގެ ދާއިރާ، އަދި ބިނާވެށީގެ ދާއިރާގެ އިތުރުން ތަރައްޤީގެ އެހެނިހެން ދާއިރާތަކުންވެސް ރާއްޖޭގައި އިންވެސްޓް ކުރައްވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ބޭނުންކުރެވޭނެ މުހިންމު ބެންކަކަށްވެ، އެކަމުގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ޚިދުމަތްދޭން ފެށުމެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު