އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
24 Sep 2024
ހަބަރު

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދާ ބައްދަލުކުރައްވައިފިއެވެ.

އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފް.އޭ.އެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އެފް.އޭ.އެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، އެފް.އޭ.އެމްގެ މަސައްކަތްތައް ޢާންމު ޙާލަތަކަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފް.އޭ.އެމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރެއްވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން އެކަންކަން ޙައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. 

އަދި އެފް.އޭ.އެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަޙުޤީޤުކުރެއްވުމަށް 22 އޮކްޓޫބަރު 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވެއެވެ. 

ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފިނަމަ އެ ކަމެއް ތަޙުޤީޤުކުރުމަށް އަމުރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު