ކުލަބް މޯލްޑިވްސް ފުޓްސަލް މުުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި

އަލީ އަޒްލީފް
24 Sep 2024
ކުޅިވަރު

ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 18/30 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުގެ އަންހެން ފުޓްސަލް ޓީމު ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ސެޕްޓެންބަރު 22 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލް އާ ވާދަކޮށް 8-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ. 

މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ރާނިޔާ އިބްރާހިމް އާއި ދެ ލަނޑު ޖެހި މަރިޔަމް ރިފާގެ އިތުރުން އައިޝަތު ރަވީނާ އާއި ނީޝާ ސަމީރުއެވެ. އެމްޕީއެލްގެ ތިން ލަނޑު އެޓީމަށް ޖަހައިދިނީ ދެ ލަނޑު ޖެހި އައިމިނަތު ޝާމިލާގެ އިތުރުން ފާތިމަތު ޖޫޒަން ޒަރީރުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ރާނިޔާ އިބްރާހިމްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކުލަބުގެ ފާތިމަތު ތީބާ އާއި މަރިޔަމް ރިފާ އާއި ޕޮލިސް ކުލަބު ކީޕަރު އަދި ކެޕްޓަން އައިމިނަތު ލީޒާގެ އިތުރުން ފާތިމަތު ސާއިނާ އާއި އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ މިރްޒޮއެވާ ކަރިނާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ މަރިޔަމް ރިފާއެވެ. ރިފާ ވަނީ މި މުބާރާތުގައި ޖުމްލަ 17 ލަނޑު ޖަހާފައެވެ. މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކށް ސްޓެލްކޯގެ ފިރުޝާނާ ނަސީރު ހޮވުނުއިރު ފެއަރޕްލޭ ޓީމަކަށް ހޮވުނީ ސްޓެލްކޯއެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް އެވެ. މުބާރާތު ކުއީންއަށް ހޮވުނީ ޕޮލިސް ކުލަބުގެ މަރިޔަމް ރިފާއެވެ. 

މިއީ ޕޮލިސް ކުލަބުން 18/30 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ގިނަ އަހަރުތަކެއްގެ ފައިނަލުގައި ޕޮލިސް ކުލަބުން ވާދަކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު