ބީ.ބީ.އެން.ޖޭ. މުޢާހަދާ ރާއްޖެއިން ތަސްދީގުކޮށްފި

އައިޝަތު ޝިއުރާ
25 Sep 2024
ހަބަރު

އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރު، މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ދިވެހިރާއްޖެ ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން" އާއި "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" އ.ދ. އަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 11 ޑިސެމްބަރ 2023 ގައި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެދި ފޮނުއްވުމަށް ނިންމަވާފައެވެ. އަދި ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ 3 ސެޕްޓެމްބަރ 2024 ގައެވެ. މި ދެ އެއްބަސްވުންތައް ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ 13 މެއި 2024 ގައެވެ. އެގޮތުން، މި ރަސްމިއްޔާތަށް ފަހު، ދިވެހިރާއްޖެ އަކީ ބީ.ބީ.އެން.ޖޭ. މުޢާހަދާ ތަޞްދީޤުކުރި 9 ވަނަ ޤައުމު އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީޤުކުރި 150 ވަނަ ޤައުމެވެ.

ދިވެހިރާއްޖެއަކީ ކަނޑުތައް ރައްކާތެރިކޮށް، އެ ސަރަޙައްދު ޙިމާޔަތްކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކަށަވަރުކުރުމަށް ބާރުއަޅައި، ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމަށްވެސް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަން ދިވެހި ސަރުކާރުން ޔަޤީންކަން އަރުވަމެވެ.

19 ޖޫން 2023 ގައި އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ޤައުމުތަކަށް ސޮއިކުރެއްވުމަށް ހުޅުވާލައްވާފައިވަނީ 20 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަކީ ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު