ޖަކާޓާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހެލްތު މިނިސްޓަރ ވަޑައިގެންފި

އައިޝަތު ޝިއުރާ
25 Sep 2024
ހަބަރު

ހެލްތު މިނިސްޓަރ އިންޑޮނޭޝިއާގެ ޖަކާޓާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް މިނިސްޓަރު ވަޑައިގެންފި އެވެ.

ޞިއްޚީ ޚދިުމަތްދޭ ތަންތަނަށް މިނިސްޓަރ ވަޑައިގެންނެވީ އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭ.ޕީ.އާރު.އެފް.އެޗް.އީ) ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި 12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިން (އެޗް.އެލް.އޯއެ.މް) ގެ ދަތުރުގައެވެ.

މިނިސްޓަރ ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ "ޓެބެޓް ކޮމިއުނިޓީ ހެލްތް ސެންޓަރ" އަށެވެ. ޕްރައިމަރީ ކެއާ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތްދޭ އެ ސެންޓަރުގެ އެކި ޑިޕާޓްމަންޓްތަކަށް މިނިސްޓަރު ވަޑައިގެން، ކޮމިއުނިޓީ ސާވިސްއަށް ބޭނުންވާ އާ ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މައުލޫމާތު ވަީ އޮޅުންފިލުވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޚަލީލް ވަނީ އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. އެތަނުގައި ޑިޖިޓަލް ހެލްތާއި، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާއާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތާއި ގުޅޭގޮތުން ހޮސްޕިޓަލް މެނޭޖްމަންޓާއެކު މަޝްވަރާތަކެއް ކުރެއްވިއެވެ.

ސެޕްޓެމްބަރ 24-26 އަށް އިންޑޮނޭޝިއާގެ ޖަކާޓާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ބައްދަލުކުރައްވާ އެކި އެކި ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ އަމާޒަކީ މެމްބަރު ގައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒު ކުރުމަށް ހިތްވަރު ދިނުމެވެ. ރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކި އެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާ އެވެ. އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެ އެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ލިބިގެންދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު