ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތަށް ފަހިކޮށްދިނުމަށް މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
25 Sep 2024
ހަބަރު

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ގުޅިގެން، ތަމްރީނު ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާއި އަންހެނުން ބާރުވެރިކުރުވުމަށް، "ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް"އަށް ގެނައުން މުޙިއްމު ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

"ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް" އަކީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންގެ ކިބާގައި، އެ ދަރިވަރަކު ތަމްރީނުވި ދާއިރާގައި މަސައްކަތްކުރުމަށް އެކަށީގެންވާ ހުނަރާއި ޤާބިލްކަންހުރިކަން ކަށަވަރުކޮށް، ފެންވަރު ބަލައި ވަޒަންކުރުމުގައި އިސްކަންދޭންޖެހޭ ކަންތައްތަކެކެވެ.

24 ސެޕްޓެމްބަރ ވީ އަންގާރާ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ނެޝެނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން މެދުވެރިކޮށް ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމާއި، "ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް"އަށް ގެނައުން މުޙިއްމު ބަދަލުތަށް ގެނައުމާއި، އަންހެންނުންގެ ތަރައްޤީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ފަރާތުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށްޓަކައި "އެންމެނަށް ވަޒީފާ" ސިޔާސަތެއް ކަނޑައަޅުއްވާ ޢަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތެރޭގައި ހިމެނިފައިވާކަމެކެވެ. މިކަންކަން ތަންފީޒު ކުރުމަށްޓަކައި މި ވުޒާރާއިން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި ވުޒާރާގެ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރުވަނީ ނޭޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމް ވެސް ފަށާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު